އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ފޯމު ހުށަހަޅުއްވައިފިއެވެ.

އިންތި އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމު އިއްޔެ ހުށަހަޅުއްވާފައިވާ ކަމަށެވެ. އިންތިގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއި ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އެވެ. ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރާނީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ.

ޗެއާޕާސަންގެ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައި، ކެމްޕެއިން ފައްޓަވާފައި ވަނީ އިންތިގެ އިތުރުން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލެވެ.

ސްޕޯކްސްޕާސަންގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުއްވުމަށްފަހު އިންތި ވަނީ، އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފައެވެ. އިންތިއަކީ 2012 ވަނަ އަހަރު، އޭރު އޮތް އެމްޑީޕީގެ ވެރިކަން ނިމުނު ދުވަހުން ފެށިގެން އެޕާޓީގެ ސްޕޯކްސްޕާސަންއެވެ.