ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ބައިވެރިވުމަށް، ދިވެހިންގެ ތެރެއަށް ފަތުރުވެރިކަން ތައާރަފުކޮށްދިން ފަތުރުވެރިކަމުގެ އެއް ބާނީ، ޖޯޖް ކޯބިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ޖޯޖް ކޯބިން ޓްރެވެލް އޭޖެންޓަކަށް މެދުވެރިވެގެން ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރީ 1972 ވަނަ އަހަރުގެ ފެބްރުއަރީ 22 ގައެވެ. އިޓަލީގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުން ތަކެއްގެ މައްޗަށް އެކުލެވޭ އެ ފަތުރުވެރިންގެ ގްރޫޕް ޗުއްޓީ ހޭދަކުރީ ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓު، ކުރުނބާ ވިލެޖް މިހާރުގެ ކުރުނބާ ރިސޯޓު ގައެވެ.
ޓޫރިޒަމް ރާއްޖެއަށް ތައާރަފު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކާއެކު މިމަހުގެ 16 ވަނަ ދުވަހު ބާއްވާ ހާއްސަ ބަދަލުވުމެއްގައި ބައިވެރިވުމަށް ކޯބިންއާއެކު އޭނާގެ އަންހެން ދަރިފުޅު ވެސް ރާއްޖެ އައިސްފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޯބިންއަށް މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން މިހާރުގެ ހެލްތު މިނިސްޓަރު އަދި ރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ.
ޚަބަރު
ޚަބަރު
ޚަބަރު