އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން މެނޭޖަރަކަށް އެޕާޓީގެ ކެމްޕެއިންތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝާހިދު (ސާބެ) ވެވަޑައިގެންފިއެވެ.
ސާބެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އިންތިގެ ކެމްޕޭނުގައި އުޅުމަށް އެމްޑީޕީގެ މެމްބާޝިޕް އަދި ކެމްޕޭން ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި އިންތިއަކީ ޕާޓީގެ އަސާސްތައް އަބަދުވެސް ހިފަހައްޓައި, ތެދުވެރިކަމާއި ނަޒާހާތްތެރިކަމުގެ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.
"އެމްޑީޕީ އެކުގައި ތިބުމަށް މިވަގުތު ބޭނުންވަނީ އިންތި," ސާބެ ވިދާޅުވެފައިވެއެވެ.
ސާބެއަށް ޝުކުރު އަދާކުރައްވައި އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ސާބެއަކީ އެމްޑީޕީގެ ކެމްޕެއިން މެނޭޖުކުރުމާއި ސިޔާސަތުތައް ކަނޑައެޅުމާއި ސީދާ ހަރަކާތް އިންތިޒާމުކުރުމުގެ މަސައްކަތުގައި އެޕާޓީއަށް ބޮޑެތި ކާމިޔާބު ހޯއްދަވައިދެއްވި ތަޖުރިބާކާރު ހުނަރުވެރިއެއް ކަމަށެވެ.
އެފަދަ ފަރާތެއް އޭނާގެ ކެމްޕެއިން މެނޭޖަރަކަށް ވަޑައިގެންދެއްވުމަކީ ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވިއެވެ.
އިންތިގެ ކެމްޕެއިން ހިންގެވުމާ ސާބެ ހަވާލުވެވަޑައިގެންނެވި އިރު, އަނބިކަނބަލުން އީވާ އަބްދުالله ވެސް ވަނި އިންތިއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ކެމްޕެއިން ފައްޓަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު