ޓެކްސީއެއްގެ ތެރޭގައި ބޭއްވިފައި އޮތް ވޮލެޓެއް، ފުލުހުންގެ އެހީތެރިކަމާއެކު އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ބޭސް ފަރުވާއަށް ބޭރަށް ދިއުމަށް ހޯދާފައިވާ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން މިމަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ދިވެހި އާއިލާއަކުން ރިިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ ފައިސާ ރޭގެ ވަގުތެއްގައި އެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ފުލުހުންނާ ހަވާލުކުރީ ޓެކްސީ ޑްރައިވަރެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެ ޑްރައިވަރުގެ ތެދުވެރިކަމާއި ވަފާތެރިކަމަށްޓަކައި ފުލުހުންގެ މުއައްސަސާއާއި އާއިލާގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ.
"ވަން" އަށް އެގިފައިވާ ގޮތުގައި، ގެއްލިފައިވަނީ، 700 ޑޮލަރު (10،794 ރުފިޔާ) އާއި 300 ރުފިޔާ އަދި ބައެއް ކާޑުތައް ވެސް ހުރި ވޮލެޓެކެވެ. އެ ވޮލެޓު ގެއްލިގެން މިދިޔަ ހުކުރު ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު