ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާންކުރި 60 ބިމުގެ ތެރެއިން ބީޗްފްރަންޓް ބިންތަކަށް ބިޑްކުރުން މާދަމާ ބާއްވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ތާވަލު ކޮށްފިއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުުރި 60 ގޯތީގެ ތެރޭގައި ހިމެނޭ ބީޗް ފްރަންޓް 26 ބިމަށް ބީލަން ހުށަހެޅުން މާދަމާއަށް ތާވަލުކޮށްފައިވާ ކަމަށެވެ. ކޮންމެ ބީލަން ފޯމަކާ އެކު ބީލަން ހުށަހެޅުމުގައި ބައިވެރިވެވޭނީ އެއް ފަރާތަށް ކަމަށް ވެސް ހެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.
މި 26 ގޯއްޗަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން އިއުލާނު ކުރި އެންމެ އަގު ބޮޑު ގޯތި ތަކެވެ.
ބީލަން ފޯމް ހުޅުވުން ކުރިއަށް ދާނީ މާދަމާ ހެދުނު 9:00 އިން 12:00 އަށް ވައިލެޓްމަގުގައި ހުންނަ ހ. މީރުމާ، 5 ވަނަ ފަންގިފިލާގައި ހުންނަ އިވެންޓްސް ހޯލްގައެވެ. އަދި ބީލަން ފޯމް ހުޅުވުން ކުރިއަށްދާނީ މެންދުރު ފަހު 13:00 އިން ފެށިގެން ހަމަ އެ ހޯލުގައެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ދެވެނަ ފިޔަވަހިން ވިއްކަން އިއުލާނުކުރީ 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބީޗް ފްރަންޓް ނުވަތަ އަތިރިމައްޗަށް ވާގޮތަށް 26 ބިމަކާއި، ބީޗް ސައިޑް ނުވަތަ އަތިރިމައްޗާ ކައިރިން 34 ބިމެކެވެ.
މާދަމާ ބީޗް ފްރޮންޓު ބިންތަކަށް ބިޑް ކުރުން އޮންނަ އިރު ބީޗް ސައިޑް ބިންތަކަށް ބިޑް ހުށަހެޅުން އޮތީ މި މަހު 16ގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު