ރަފްލްސް މޯލްޑިވްސް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ، އެ ލޯންޗުގައި އަލިފާން ރޯވެގެން ތިނަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ، މިރޭ 9:23 ގައި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ލޯންޗު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރޯވެފައިވަނީ ރަފްލްސް މޯލްޑިވްސްގެ ލޯންޗެއްގައެވެ. އެ ލޯންޗުގައި ރޯވީ ދަތުރަކަށް ފަހު ލޯންޗު ސާފުކުރަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އަލިފާން ރޯވި ސަބަބެއް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު