ހއ. އިހަވަންދޫގައި މިއަދު މޫދަށް ދިޔަ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އެރަށު މަފުރުވިލާ، 31 އަހަރުގެ ހަސަން ފަހުދެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު މިރޭ "ވަން" އަށް ވިދާޅުވީ ފަހުދު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހަވީރު 4:30 ގައި ކަމަށެވެ. ފަހުދުއާ އެންމެ ފަހުން ދިމާވެފައިވަނީ އޭނާގެ އާއިލާ ބައެއް ކަމަށްވެސް ސޮބާހު ވިދާޅުވިއެވެ.
ސޮބާހު ވިދާޅުވީ ފަހުދު ގެއިން ނުކުމެގެން ދިޔައީ މޫދަށް ދިއުމަށް ކަމަށް ބުނެފައި ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.
ފަހުދު ހޯދުމުގެ މަސައްކަތް ކައުންސިލުންނާއި ފުލުހުން އަދި އެރަށު ރައްޔިތުން ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު