ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭގައި ކަމަށާއި އެ އެކްސިޑެންޓުގައި ދިވެއްސަކާއި ބިދޭސީއަކަށް އަނިޔާވެ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓް ހިނގީ މިރޭގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓުގައި ބިދޭސީ މީހާގެ ބޯ ފަޅައިގެން ގޮސް އެކިވަރުގެ އަނިޔާލިބިފައިވެއެވެ.