ކޮވިޑް ވެކްސިން ޖެހުމަށް ފާޅުގައި އިންކާރުކުރުމުގެ ސަބަބުން ވަޒީފާ ގެއްލުނު އޮފިސަރަކު އެ ބަލީގައި މަރުވެއްޖެއެވެ.
އުމުރުން 51 އަހަރުގެ ރޮބާޓް ލި މޭ ވަނީ މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި ވެކްސިނަށް ފާޅުގައި ދެކޮޅު ހަދައި ގަަވަރުނަރު ޖޭ އިންސްލީއަށް ބަދުބަނަސް ބުނެ ވީޑިއޯއެއް އާއްމުކޮށްފައެވެ.
ވީޑިއޯގައި އޭނާ ބުނެފައިވަނީ 22 އަހަރުގެ ހިދުމަތަށްފަހު އޭނާ ވަޒީފާއަށް އަލްވަދާއު ކިޔާކަމަށާއި އޭނާ ކޮވިޑް ވެކްސިން ޖެހުމަށް ދެކޮޅު ހެދުމާއެކު ވަޒީފާއިން ވަކިވާން އަންގާފައިވާކަމަށެވެ.
ހުކުރު ދުވަހު ވޮޝިންޓަންގެ ސްޓޭޓް ޕެޓްރޯލް ޗީފް ޖޯން އާރް. ބެޓިސްޓެ ނެރުނު ބަޔާނެއްގައި ވަނީ ރޮބާޓް ކޮވިޑުގައި މަރުވި ހަބަރު ހިއްސާކޮށްފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ފުލުހުން އަދި ގާނޫނު ތަންފީޒުކުރާ ވުޒާރާތަކުގެ މުވައްޒަފުން އެންމެ ގިނަ އަދަދަކަށް މަރުވެފައިވަނީ ކޮވިޑުގައި ކަމަށް އެގައުމުން ރިޕޯޓުކޮށްފައިވީ ނަމަވެސް މި ދާއިރާތަކުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑް ވެކްސިން މަޖުބޫރުކުރުމާ ފާޅުގައި ދެކޮޅު ހަދަމުން އައިސްފައެވެ.
ސީބީއެސްގެ ރިޕޯޓުގައިވާގޮތުން މިދިޔަ އޮކްޓޫބަރުމަހުގެ ތެރޭގައި އެކަނިވެސް 24 އާއި ގާތްކުރާ އަދަދަކަށް ފުލުސް އޮފިސަރުން ވަނީ ކޮވިޑުގައި މަރުވެފައެވެ. އަދި އާއްމުންގެ ހިދުމަތުގައި މަސައްކަތްކުރަމުން އައިސްފައިވާ 458 އޮފިސަރުންގެ ތެރެއިން 301 އޮފިސަރުން މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށް ނިއުޔޯކް ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ