އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އީރާނުން ބުނި ބުނުން، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ދޮގުކޮށްފިއެވެ.
އީރާނުގެ އަސްކަރިއްޔާއިން އިއްޔެ ބުނެފައިވަނީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފު އަމަލެއް ކަމަށެވެ. އެހެންކަމުން ހޮރުމުޒް ކަނޑުއޮޅި ވިޔަފާރި ބޯޓުފަހަރަށް ބަންދުކޮށްފައިވާ ކަމަށާއި، އެ ސަރަހައްދަށް ނުވަނުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އިންޒާރުދީފައެވެ.
ނަމަވެސް، މި ކަމަށް ރައްދުދެއްވައި ސެންޓްކޮމްގެ ތަރުޖަމާނު ނޭވީ ކެޕްޓަން ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނުގެ އަތްމަތީގައެއް ނޫނެވެ. އަދި ކަނޑުދަތުރުފަތުރުގެ ކަންކަން އާންމު ގޮތެއްގައި ކުރިއަށްދާ ކަމަށާއި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އެމެރިކާގެ އަސްކަރިއްޔާއިން ގާތުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސެންޓްކޮމް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެ އެކަނިވެސް 55 ވިޔަފާރި ބޯޓު ވަނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށްފައެވެ. މީގެ ތެރޭގައި ދުނިޔޭގެ ބާޒާރަށް ބޭނުންވާ 17 މިލިއަން ފީފާގެ ތެޔޮ އުފުލި ބޯޓުފަހަރު ހިމެނޭ ކަމަށް އެ އިދާރާއިން ބުނެއެވެ.
ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރުމުޒް ކަނޑުއޮޅީގެ މައްސަލައިގައި ދެ ގައުމުން ފުށުއަރާ ބަޔާންތަކެއް ނެރެފައި މިވަނީ، މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސްވިޓްޒަލޭންޑުގައި ސުލްހައިގެ މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް