ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުރި ފަތުރުވެރިޔަކު ހާޓްއެޓޭކެއް ޖެހި މަރުވެއްޖެ އެވެ.
ވެލަނާ އެއާޕޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މަރުވެފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފަތުރުވެރިޔާ ފުރަން ގޮސް ސްމޯކިން އޭރިއާގައި ސިނގިރެޓެއް ބޯން ހުއްޓާ ކުއްލިއަކަށް ވެއްޓުނީ ކަމަށެވެ. އަދި އެއާޕޯޓު މެޑިކަލް އަށް ގެންދިޔުމުން އޭނާ އަށް ހާޓުއެޓޭކެއް ޖެހިފައިވާ ކަން އެނގުނު ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ މަރުވީ އެއާޕޯޓް މެޑިކަލްގައި ފަރުވާދެމުންދަނިކޮށެވެ.
މަރުވި ފަތުރުވެރިޔާ އަކީ ކޮން ރިސޯޓަކުން ދިޔަ ފަތުރުވެރިއެއްކަން އަދި ސާފެއް ނުވެ އެވެ.
މިހާރު އޭނާގެ ހަށިގަނޑު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު