ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ސެންޓު އާދަމް މަނިކު ކޮވިޑަށް ފަރުވާދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.

އާދަމް މަނިކު މަރުވެފައިވަނީ ކޮވިޑު ޖެހިގެން ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އާދަމް މަނިކު މަރުވީ އުމުރުން 73 އަހަރުގަ އެވެ.

މިއާއެކު މިބަލީގައި މިމަހު މަރުވި މީހުންގެ އަދަދު ވަނީ 10 އަށް އަރާފަ އެވެ. އަދި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 273 އަކަށް އަރާފަ އެވެ. އެއީ 255 ދިވެހީންނާއި 18 ބިދޭސީންނެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.