ހުޅުމާލޭ ލަކުޑި ޖެޓީގެ ފަޅުތެރެއަށް ސައިކަލެއް އެއްލައިލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ ވީޑިއޯއެއްގައި ފެންނަނީ، ނޫ ކުލައިގެ "މޫވް" ބްރޭންޑުގެ ސައިކަލެއްގައި ފިރިހެނަކު، އެ ސައިކަލު ދުއްވާފައި ގޮސް ލަކުޑި ޖެޓީ ތެރެއަށް އެއްލައިލާ މަންޒަރެވެ.

އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މެރިން ފުލުހުންނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މިހާރު ވަނީ އެ ސައިކަލު ހުޅުމާލޭ ފަޅުތެރެއިން ނަގައިފައެވެ.