ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ކައިރީގައި ރޭމްޕް ވެހިކަލެއް އެކްސިޑެންޓުވެ ތިން މީހަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ކައިރީގައި ރޭމްޕް ވެހިކަލެއް ދަގަނޑެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު މެންދުރު 12:10ގައި ކަމަށް އޮފިސަރު ވިދާޅުވި އެވެ.
އޮފިސަރު ވިދާޅުވީ މިހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި މި ތިން މީހުންނަށް އެއާޕޯޓު މެޑިކަލް ޕޮއިންޓުގައި ފަރުވާ ދިނުމަށްފަހު މިހާރު އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެއާޕޯޓު މުވައްޒަފުން ދުއްވި ވެހިކަލެއް އެއާޕޯޓުގެ ޓާމިނަލް ކައިރީ ހުރި ހޮޅި ދަނޑިއަކަށް އަރައި އެކްސިޑެންޓުވެފައިވާ ކަމަށެވެ. އެކްސިޑެންޓު ހިނގި އިރު އެ އުޅަނދުގައި އެއްވެސް ފަސިންޖަރެއް ނެތް ކަމަށާއި އެވަގުތު އުޅަނދުގައި ތިބީ އެ ކުންފުނީގެ މުވައްޒަފުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ހާދިސާ ހިނގި ގޮތް މިވަގުތު ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިއީ މާ ބޮޑު އެކްސިޑެންޓެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު