ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިލާ ބުރިޖުތައް ކައިރީގައި ހަތް ކެފޭ، ރެސްޓޯރެންޓް ހަދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހުޅުވާލައިފިއެވެ.
ކެފޭ، ރެސްޓޯރަންޓުތައް ހެދުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވަނީ ހަތް ބިމެއް ހާއްސަކޮށްފައެވެ. އެ ބިންތައް ދޫކުރަނީ ބިން ލިބޭ ފަރާތްތަކުން އަމިއްލައަށް އެތަންތަނުގައި ކެފޭ، ރެސްޓޯރެންޓު ހަދައި ހިންގާ ގޮތަށެެވެ.
- ލޮޓް ނަންބަރު: 11674
- ލޮޓް ނަންބަރު: 11675
- ލޮޓް ނަންބަރު: 11676
- ލޮޓް ނަންބަރު: 11677
- ލޮޓް ނަންބަރު: 11678
- ލޮޓް ނަންބަރު: 11679
- ލޮޓް ނަންބަރު: 11680
އެޗްޑީސީން ބުނީ އެތަންތަން ހަދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހެޅޭނީ އެޗްޑީސީގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށް އެކަންޏެވެ. އެކަމާ ގުޅޭ ޕްރީ ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރު 12:30 ގައި ޒޫމް މެދުވެރިކޮށެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅާލާ ފަސް ބުރިޖުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އޭގެ ތެރެއިން ތިން ބުރިޖެއް މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު