ސިވިލް ކޯޓުގެ ގާޒީ ކަމަށް 23 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ސިވިލް ކޯޓަށް ގާޒީން ހޯދަން ޖޭއެސްސީން އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހުއެވެ. އިއުލާނުގެ މުއްދަތު ހަމަވެފައިވަނީ މިއަދުއެވެ.
އެހެންކަމުން މިއަދު ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ ގާޒީގެ މާގަމަށް ކުރިމަތިލި ބޭފުޅުންގެ މައުލޫމާތު އާންމުކޮށްފައެވެ.
- އަލީ ރިޒާ / ދަފްތަރު ނަންބަރު ރސ 7172، މާލެ
- ޝުކުރުﷲ ޝަކީލް / ސިޔާމާމަންޒިލް، އއ. ފެރިދޫ
- އިބްރާހީމް އަލީ / ގ. އަންމޯލް، ކ. މާލެ
- ސައްޔާޙް ހަލީލް/ ހިތިލާގެ، ގއ. ކޮލަމާފުށި
- އާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށި
- ސުލައިމާން މުހައްމަދު / ނޫރާނީގެ، ޅ. ކުރެންދޫ
- މަނާފް އިބްރާހީމް / މުލަންމާގެ، ގއ. ދާންދޫ
- މުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ. މާލެ
- ހަސަން ޝިޔާމް މުހައްމަދު / ސަދަންވިލާ، ގދ. ވާދޫ
- އަބްދުﷲ މިފްރާޒް ނިޒާރު / ގ. އޮށްޓަރު، ކ. މާލެ
- އަބްދުލްމުހްސިން އަބްދުލްޙަކީމް / އާކުރި، ގއ. ނިލަންދޫ
- އަހުމަދު ޝިފާއު / ލަކީސްޓާ، ހއ. މާރަންދޫ
- އުއްމުކުލްސުމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ
- އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ
- ނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ
- އަލީ ރިޒާ / ދަފްތަރު ނަންބަރު ރސ 7172، މާލެ
- މުހައްމަދު މޫސާ / ސިނަމާގެ، ޅ. ނައިފަރު
- މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫ
- ހަމްދޫން ރަޝީދު / ފަޒާ، ށ. ފޯކައިދޫ
- އަހުމަދު ނިމާލް ޖުނައިދު / ފެހިގެ، ގއ. މާމެންދޫ
- ސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީ
- މުހައްމަދު ނިޝާތު / ރީލްމަންޒިލް، ގއ. ކަނޑުހުޅުދޫ
- ޒުލައިޚާ ޝީޒާ / ފިތިރޯނުގެ، ސ. ފޭދޫ
- އަބްދުﷲ ފަހުމީ / އަލިމަސްގެ، ގއ. ފެމަނަފުށި
މިވަގުތު ސިވިލް ކޯޓުގައި 14 ގާޒީއަކު މަސައްކަތް ކުރައްވައެވެ. އޭގެ ތެރޭގައި ހަތަރު އަންހެން ގާޒީންނާއި ދިހަ ފިރިހެން ގާޒީން ހިމެނެއެވެ. ޖޭއެސްސީން މިދިޔަ ޑިސެމްބަރު އިއުލާންކުރީ ސިވިލް ކޯޓަށް ދެ ގާޒީއަކު ހޯދުމަށެވެ.
އެކޯޓުގައި މަސައްކަތް ކުރެއްވި ގާޒީ އަލީ ނަސީރު އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފުވިކަން ސާބިތުވެފައިވާތީ އޭނާ ވަނީ މެޖިސްޓްރޭޓުގެ މަގާމަށް ޑީމޯޓްކޮށްފައެވެ. ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި ތިއްބެވި ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު ވަނީ 2019 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު