ހުސްވި 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ދައުވާކުރާ މީހުންނަށް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފިއެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާކުރާ މީހުންނަށް ލިބިގެންވާ ހައްގުތައް ބަޔާން ކޮށްދިނުމަށްފަހު ވަކީލުންނާ ގުޅޭ ގޮތުން ގާޒީ ދީބާނާޒް ފަހުމީ ސުވާލު ކުރެއްވިއެވެ.
މިއަދުގެ ޝަރީއަތަށް ހާޒިރުވި ހުރިހާ މީހުންވެސް އެދިފައިވަނީ އަމިއްލަ ވަކީލުން ހަމަޖެއްސުމުގެ ފުރުސަތެއް ދެއްވުމަށެވެ. އެހެންކަމުން އެ ފުރުސަތު އަންނަ މަހާ ހަމަައަށް ދިނުމަށްފަހު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ފަހުން ބޭއްވުމަށް ގާޒީ ނިންމެވިއެވެ.
ރާއްޖެ އެތެރެކޮށް، ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި ހޯދި، އެ މަސްތުވާތަކެތީގެ މައްސަލައިގައި ޖުމުލަ 10 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލައިފައެވެ.
- ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު
- ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ހަބީބު
- ކ. މާފުށި، ސްވީޓްމީޑް، އަހުމަދު މާހިރު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީގުލް އިސްލާމް
- ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިން
- ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް
- މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަހުމަދު ސިރުޙާން ޝަމީމް
- ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ
- ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު
- ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް
ޚަބަރު
ޚަބަރު
ޚަބަރު