މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކޮވިޑަށް ޕޮސިޓިވްވެ، ކްލަބުގެ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވާ 21 މީހަކު އެކަހެރިވާން ޖެހިއްޖެއެވެ.
އެފްއޭ ކަޕް ތިންވަނަ ބުރުގައި ސިޓީން އިނގިރޭސި ތިންވަނަ ޑިވިޝަންގެ ސްވިންޑަން ޓައުންއާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންދާ އިރު، ގާޑިއޯލާގެ ކުރިން މިހާރު ވަނީ ސިޓީގެ އެސިސްޓެންޓް ކޯޗު ޖުއާންމާ ލީލޯވެސް ޕޮސިޓިވްވެފައެވެ.
ސިޓީން އެކަހެރި ކުރަން ޖެހުނު 21 މީހުންގެ ތެރޭގައި ސީނިއާ ޓީމުގެ ހަތް ކުޅުންތެރިން ހިމެނެއެވެ. އުމުރުން 50 އަހަރުގެ ކޯޗު ގާޑިއޯލާ ކޮވިޑަށް ޕޮސިޓިވް ވެފައިވުމުން އެ ކްލަބުން ސްވިންޑޮން އާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމާ ހަވާލުވެ ހުންނާނީ އެސިސްޓެންޓް ކޯޗެއް ކަމަށްވާ ރޮޑޮލްފޯ ބޮރެލާއެވެ.
ކޮވިޑްގެ ކޭސްތައް ޕްރިމިއާ ލީގުގެ އިތުރުން އިނގިރޭސި ފުޓުބޯޅައިގެ ތެރޭގައިވެސް ގިނަވެފައިވާ އިރު، މިހާތަނަށް އިނގިރޭސި ޓޮޕް ފްލައިޓުގެ 17 މެޗެއް ވަނީ ފަސްކުރަން ޖެހިފައެވެ. ކޮވިޑް ކޭސްތައް ޕްރިމިއާ ލީގުގެ އިތުރުން އެހެން ޑިވިޝަންތަކުގައިވެސް ގިނަވެފައި ވަނީ އަލަށް ޔޫކޭގައި ފެތުރެމުންދާ އޮމިކްރޮން ވޭރިއަންޓްގެ ސަބަބުންނެވެ.
ޕްރިމިއާ ލީގުން އެންމެފަހުން އިއުލާން ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ވަނީ 14،250 ޓެސްޓު ހަދައިފައެވެ. ފުރަތަމަ ޑިސެންބަރު 27 ވަނަ ދުވަހު އިއުލާން ކުރި ނަންބަރުތަކަށް ބަލާއިރު، 94 ޕޮސިޓިވް ކޭސް އޭރު ފެނިފައިވެއެވެ. އޭގެ ފަހުން ގިނަ ކޭސްތަކެއް ފެތުރެމުން ގޮސް އެންމެފަހުން އިއުލާންކުރި ނަންބަރު ތަކަށް ބަލާއިރު، 103 ޕޮސިޓިވް ކޭސް ލީގުން ވަނީ ފެނިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު