ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މާދަމާ މިލަދުންމަތީ އުތުރުބުރީ (ނ އަތޮޅު) ގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ އެ ދަތުރުފުޅުގައި ލަންދޫ އާއި މަނަދޫ އާއި މަގޫދޫ އާއި ހޮޅުދޫގެ އިތުރުން މާފަރަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ދަތުރުފުޅުގައި އެރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި އާންމު ރައްޔިތުންގެ އިތުރުން އަތޮޅު ކައުންސިލާ ރައީސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ރައީސް ކުރައްވާ ދަތުރުފުޅެކެވެ.