Close
ޚަބަރު

ތިމާވެށީގެ ޒުވާން ލީޑަރަކަށް ވުމުގެ ފުރުސަތެއް

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ޔޫތު ފޮ އޭޝިއާ ޕްރޮޖެކްޓްސްގެ ދަށުން އެޓޯލް ޔޫތު ކްލައިމެޓް ލީޑަރު (އޭވައިސީއެލް)އަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޭޑީބީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭޑީބީ ޔޫތު ފޮ އޭޝިއާ ޕްރޮޖެކްޓްސްގެ "ކެޓަލައިޒިން ޔޫތު ލެޑް ކްލައިމެޓް އެކްޝަން އިން އެޓޯލް ނޭޝަންސް" ނުވަތަ އަތޮޅުތަކަށް ބެހިފައިވާ ގައުމުތަކުގައި ތިމާވެށީގެ ކަންކަމުގައި ހަރަކާތްތެރިވާނެ ޒުވާނުން ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ރާއްޖެ ހިމެނޭހެން ކިރިބާސް، މާޝަލް އައިލެންޑްސް އަދި ތުވަލޫ އިން، ކޮންމެ ގައުމަކުން 15 ޒުވާނުން ހޮވާނެއެވެ. އަދި އެ ޒުވާނުންނަށް ހަތަރު ދާއިރާއަކުން ތަމްރީނުކޮށް، ސެޓްފިކެޓް ދޭން ވަނީ ހަމަޖެހިފައެވެ.

ތަމްރީނު ކުރަން ހަމަޖެހިފައިވާ ދާއިރާތައް:

  • ކްލައިމެޓް ޗޭންޖް އިނޮވޭޝަން
  • ކްލައިމެޓް ރިސްކް ޑޭޓާ ކަލެކްޝަން
  • ޔޫތް އެންޑް ކޮމިއުނިޓީ ފެސިލިޓޭޝަން
  • އެތިކްސް އެންޑް ސޭފްގާޑް

އޭޑީބީން ބުނީ، އެ ޕްރޮގްރާމުގައި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ އެކި ދާއިރާތަކުގައި އުޅޭ ޒުވާނުންނަށް ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮގްރާމަށް ކުރިމަތިލާން ޖެހެނީ އޮންލައިންކޮށް، މިމަސް ނިމުމުގެ ކުރިންނެވެ.