މި އަހަރު ކުޅުނު ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑު، ގެޓާފޭ އަތުން ބަލިވެއްޖެއެވެ.
ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު މެޗުން ރެއާލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ބައްޔާއެކު ރެއާލަށް ވަނީ ލަލީގާ ތާވަލުގައި 11 ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ގެއްލިފައެވެ. ލީގުގައި 20 މެޗު ކުޅުނު އިރު، މިރޭގެ ބައްޔަކީ ރެއާލަށް ކުރިމަތިވި ދެވަނަ ބައްޔެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ރެއާލަށް 46 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ.
އެންމެފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ލަލީގާ ތާވަލުގެ ފަސްވަނައިގައި މިވަގުތު އޮތް އިރު، ރެއާލްގެ ޒަމާންވީ ވާދަވެރިޔާ، ބާސެލޯނާ އަދިވެސް އޮތީ ލީގު ތާވަލުގެ 5 ވަނައިގައެވެ.
މިރޭގެ މެޗުގެ ހަމައެކަނި ގޯލު ފެނުނީ މެޗުގެ ނުވަވަނަ މިނެޓުގައެވެ. އެ ގޯލު ގެޓާފޭއަށް ކާމިޔާބު ކޮށްދިނީ އެނެސް އުނަލްއެވެ. އުނަލްގެ ގޯލަކީ ރެއާލް ޑިފެންޑަރު އެޑާ މިލިޓާއޯ ކައިރިން ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ޖެހި ގޯލެކެވެ.
މެޗުގައި ފެނުނު ގޯލަށްފަހުވެސް ޑޮމިނޭޓްކޮށް ކުޅުނީ ކާލޯ އެންސެލޯޓީގެ ރެއާލް މެޑްރިޑުންނެވެ. ލޫކާ މޮޑްރިޗް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާ އިރު، އޭނާގެ އިތުރު ހަމަލާއެއް ވަނީ ގެޓާފޭ ގޯލްކީޕަރު ޑޭވިޑް ސޯރިއާ މަތަކޮށްފައެވެ. އޭގެ އިތުރުން ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ދެވަނަ ހާފުގައިވެސް ރެއާލްއިން އިތުރަށް ޕްރެޝަރުކޮށް ގޯލަކަށް ވަރަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އެގޮތުން ކަސަމޭރޯ ދުރުން ފޮނުވައިލި ނުރައްކާތެރި ހަމަލާއެއް ފާހަގަވިއެވެ. އެ ހަމަލާވެސް މަތަކޮށް ބޭރުކޮށްލީ ގެޓާފޭގެ ގޯލްކީޕަރު ސޯރިއާއެވެ.
މިރޭގެ ބައްޔާ ރެއާލަށް ކުރިމަތިލާން ޖެހުނީ އެންމެފަހުން ލީގުގައި ކުޅުނު 15 މެޗުންވެސް މޮޅުވެފައި އޮތުމަށްފަހުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު