ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ފުރާވަޑައިގެންފި‏އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި، ފުރާވަޑައިގަތީ މިއަދު ހެނދުނު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ހަތަރު ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިފެށޭ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.