ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ރަންވޭއިން ހިދުމަތް ދޭ ވަގުތު އިތުރުކުރަން ނިންމައިފިއެވެ.
ފްލައިޓުތަކަށް ވީއައިއޭގެ ރަންވޭ މިހާރު ބަންދުކުރަނީ ދަންވަރު 12:00 އިން ހެނދުނު 6:00 އަކަށެވެ.
އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނީ, ޓޫރިޒަމް ސީޒަނާއެކު އަންނަ ފްލައިޓުތައް އިތުރުވެފައިވާތީ, އެތެރޭގެ އުދުހުންތަކަށާއި އިންޓަނޭޝަނަލް ފްލައިޓުތަކަށް ވީހާވެސް އަވަހަށް ރަންވޭއަށް ޖެއްސޭނެ ގޮތެއް ހެދުމަށް ފަތިހު 5:00 އަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށަން ނިންމާފައިވާ ކަމަށެވެ.
އެ ބަދަލު ގެނެސްފައި ވަނީ މިއަދުން ފެށިގެން, އަންނަ މަހުގެ ނިޔަލަށެވެ.
މި ބަދަލު ގެނެސްފައިވާ އިރު, ސީޒަނާ ދިމާކޮށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6,000 އެއްހާ ފަތުރުވެރިން މިހާރު ރާއްޖެ އާދެއެވެ. ނަމަވެސް މިދުވަސްވަރު އެއާޕޯޓަށް ނުޖެއްސި ބައެއް ފްލައިޓުތައް ވައިގެ ތެރޭގައި 45 ވަރަކަށް މިނެޓު މަޑުކުރަންޖެހެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު