ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގައިގެން 10 އަހަރަށް ޖަލަށް ލުމަށް ސ.ހިތަދޫ ހުރާ، ހަސަން އަމީން ގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުނުް ބާތިލެއް ނުކޮށްދިނެވެ.
މި މައްސަލައަކީ އަށެއް އޯގަސްޓް 2015 ވަނަ ދުވަހު އަމީން ސ.މީދޫއަށް ގޮސް އުމުރުން 14 އަހަރުގެ އަންހެން ކުއްޖާގެ ގޭގައި ނިދުމުގައި އެކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގި މައްސަލައެކެވެ.
މި މައްސަލައިގައިވާ ގޮތުން އެ މައްސަލައިގައި އަމީން ހައްޔަރު ކޮށްފައި ވަނީ، އެގޭ ބަދިގޭ ސިންކް ދަށުގައި ފިލައި އޮއްވައެވެ. މިމައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކުރީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހަސަން އަމީން ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު މިދިޔަ މުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު