ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އދ.ދަނގެތި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އާމިރު ހުކުމް ކޮށްފައިވާކަން ސާބިތުވެގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާއަށް ފިޔަވަޅު އަޅައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ޝަރީއަތް ހިންގުމަށް މަސައްކަތެއް ކުރުމުގެ ބަދަލުގައި، ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ހާލަތެއް މެދުވެރިވެދާނެ ކަމަށް ކުރެވުނު ލަފައެއްގެ މައްޗަށް ބުރަވެ، ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އިސްމެޖިސްޓްރޭޓް މުހައްމަދު އާމިރު ހުކުމްކޮށްފައިވާ ކަން އެތަނުން ކުރި ތަހުގީގަށް ސާބިތު ވެފައިވާ ކަމަށެވެ.
މުހައްމަދު އާމިރުގެ މި އަމަލަކީ، ފަނޑިޔާރުންގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނު ގެ ދަށުން އޭނާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެގޮތުން އެ މައްސަލައިގައި އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އިސްމެޖިސްޓްރޭޓް މުހައްމަދު އާމިރަށް އެންގުމަށް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށް ކޮޖސޗމިޝަނުން ބުނެފައިވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން
ޖުޑީޝަލް ސާވިސް ކޮމިޝަން