ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކުގައި ތިބީ، ސިޔާސީ މީހުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "ދިޔަރެސް" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށާއި އެ ރިޕޯޓަކީ ބޭނުން ނަމަ ބަދަލު ކުރެވޭ ރިޕޯޓެއް ކަމަށެވެ. އަދި އެ ރިޕޯޓަށް ބަލައި، ބަންދުގެ މުއްދަތު ޖެހުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ މުއައްސަސާ މިހާރު އޮތީ މުސްތަގިއްލުކަން ގެއްލިފައި ކަމަށާއި އެ މުއައްސަސާގެ ވެރިންނަށް މިހާރު ތިބީ ސިޔާސީ މީހުން ކަމަށެވެ.
"މިއަދުގެ ފުލުހުންނަކީ ފުލުހުންގެ އިސްމަގާމުތަކުގައި ތިބި މީހުންނަކީ ސިޔާސީ މީހުން. އެމީހުންނަކީ ޕްރޮފެޝަނަލް ފުލުހުންނެއް ނޫން. އަޅުގަނޑު ގަބޫލެއް ނުކުރަން ޕޮލިސް ކޮމިޝަނާއަކީ މިނިވަން މުސްތަގިއްލުކޮށް ކަންކަން ގެންދާ މީހެއް ކަމަކަށް. އޭނައަކީ ހަމަ ސިޔާސީ ގޮތުން ކަންކަން ނިންމާ މީހެއް. މުހައްމަދު ރިޔާޒަކީ ހަމަ ސިޔާސީ ގޮތުން ކަންކަން ނިންމާ ތަގުގީގުކުރާ މީހެއް. އެހެންވީމާ އެމީހުން އެތާނގައި ތިއްބައެއް ފުލުހުންގެ މުއައްސަސާއަކީ ޕްރޮފެޝަނަލްކޮށް ކަންތައް ނިންމާ ބައެއްކަމަށް ގަބޫލެއް ނުކުރެވޭ" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ، ފުލުހުންގެ މުއައްސަސާއިން ބައެއް މައްސަލަތައް ވަކި ގޮތަކަށް ގެންދަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުކުރައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، ފުލުހުންގެ ތަހުގީގު ފުރިހަމަ ނުވެގެން ބޮޑެތި ކުށްވެރިން ފިޔަވައި އެހެން މީހުން ބަންދުގައި ދެ މަހަށް ވުރެ ގިނަ ދުވަހު ބޭތިއްބުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު