ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން ބާސެލޯނާ އެއްވަރު ވެއްޖެއެވެ.
ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެގެން ނިމިފައިވާ އިރު، މެޗުގެ ފަހު ހާފުގެ ބޮޑު ބައިގައި ސެވިއްޔާއިން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެޓީމުން ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނީ ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭއަ ށް ދެއްކި ރަތް ކާޑާ އެކުގައެވެ.
ރޭގެ މެޗުން މޮޅު ވެ، ބާސާއަށް ލަލީގާ ތާވަލުގެ ހަތަރުވަނަ އަށް ޖެހިލެވެން އޮތް ނަމަވެސް ޕޮއިންޓަކާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ.
އެޓީމަށް 18 މެޗުން ލިބިފައި ވަނީ 28 ޕޮއިންޓެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ސެވިއްޔާ އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އެޓީމަށް 18 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 18 މެޗުން 43 ޕޮއިންޓް ލިބިފައެވެ.
މެޗުގެ ފުރަތަމަ ލީޑު ނެގީ ސެވިއްޔާއިންނެވެ. ކޯނަރަކުން އީވަން ރަކެޓިޗް ޖައްސާލި ބޯޅަ އެއްފަހަރާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސެވިއްޔާގެ ގޯލު ޖަހައިދިނީ އަލެހާންޑްރޯ ގޮމޭޒް އެވެ. އެ ގޯލާއެކު ސެވިއްޔާއިން ލީޑު ނެގި ނަމަވެސް ހާފު ނިމުމުގެ ކުރިން ބާސާގެ ރޮނާލްޑް އަރައޫހޯ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ 64 މިނެޓުގައި ސެވިއްޔާ އަށް ރަތް ކާޑު ދެއްކި ނަމަވެސް ބާސާއަށް އޭގެ ފައިދާ ނެގޭ ގޮތެއް ނުވިއެވެ. ރަތް ކާޑުގެ ފަހުން އެޓޭކިން ވަރުގަދަ ކޮށް ބާސާ ފެނުނު އިރު، ގަވީ އާއި އުސްމާން ޑެމްބޭލޭ ގެ ހަމަލާތައް ވީ ބޭކާރެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު