ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުން އިންޑިއާގެ ހައިދަރުއާބާދުގެ ސްޕައިކާސްއާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗުވެސް ކާމިޔާބު ކޮށްފިއެވެ.
އިންޑިއާގެ ހައިދުރައާބާދު ޓީމާ ދެކޮޅަށް ރާއްޖެއިން ތިން މެޗެއް މިފަހަރު ކުޅެފައިވާ އިރު، މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ހައިދަރުއާބާދު ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ.
މިއަދުގެ މެޗު ތިން ސެޓުން ރާއްޖޭން ކާމިޔާބުކުރިއިރު، ސެޓުތައް ގެންދިޔައީ 25-22، 25-22 އަދި 25-22 އިންނެވެ.
މިއަދުގެ މެޗު ފޯރިގަދަ ކުރުމުގެ ގޮތުން ވީއޭއެމްއިން ވަނީ ސަޕޯޓަރުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ނަގައިފައެވެ. އެ ލަކީ ޑްރޯގެ ގުރުއަތުން ހޮވޭ ދެ ފަރާތެއް ގައުމީ ޓީމުން ބަންގުލަދޭޝްގައި ކުޅޭ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ މެޗަކަށް ވީއޭއެމްއިން ގެންގޮސްދޭނެއެވެ.
މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ސަފީރު މުނޫ މަހާވަރުއެވެ. މިއަދުގެ މެޗު ބައްލަވައިލެއްވުމަށް ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްވެސް ވަޑައިގެންނެވިއިރު، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާއި ކުޅިވަރުގެ އިސް ފަރާތްތަކުން މިއަދުގެ މެޗަށް ވަޑައިގެންނެވިއެވެ.
މިއީ ރާއްޖޭގައި ގައުމީ ޓީމުން ސެންޓްރަލް ޒޯންގެ ކުރިން ކުޅުނު ފަހު މެޗެވެ. ސެންޓްރަލް ޒޯނަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ލަންކާއާ ދެކޮޅަށް ތިން މެޗާއި ހައިދަރުއާބާދު ޓީމާ ދެކޮޅަށް ތިން މެޗު ވަނީ ކުޅެފައެވެ. ލަންކާގެ ތިން މެޗުން ބަލިވިއިރު، ހައިދަރުއާބާދު ތިން މެޗުން ރާއްޖެ ވީ މޮޅުވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު