މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މައްޗަށްގޮޅި އަވަށު އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، މައްޗަށްގޮޅި އަވަށު އޮފީސް ހިންގި އިމާރާތުން ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް މިއަދު 7:58 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.
މިކަމާ ގުޅިގެން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް މިއަދު ވިދާޅުވީ، އޮފީސް ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުންގެ އިންވެސްޓިގޭޝަން ޓީމަކުން މިހާރު އަންނަނީ ލިބިފައިވާ ގެއްލުންތަކުގެ އެސެސްމެންޓް ހަދަމުން ކަމަށެވެ.
އެހެން ނަމަވެސް ނަރީޝް ވިދާޅުވީ ދެ މުވައްޒަފެއްގެ ވަތްގަނޑަކުން ފައިސާތަކެއް ގެއްލިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މައްޗަންގޯޅީ އަވަށު އޮފީހަކީ އެ ކައުންސިލްގެ އެޗްއާރް މަސައްކަތްތަކާއި އެސެޓުތަކުގެ މައުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ތަނެއް ކަމަށެވެ.
ފައިސާތަކެއް ވަގަށް ނެގި ނަމަވެސް ވަގަށް ނަގާފައިވަނީ ކިހާ އަދަަދެއްގެ ފައިސާކަމެއް ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު