އިނގިރޭސިވިލާތުގައި ކޮވިޑް 19ގެ ހާލަތުގެ ގޯސްވެ، ލީގުގެ 20 ކްލަބުވެސް ކޮވިޑުގެ ތައްޔާރީ ހާލަތުގައި ތިބުމަށް ޕްރިމިއާ ލީގުން އަންގައިފިއެވެ.
ސީޒަން ފެށިއިރު ކޮވިޑުގެ ހަރުކަށި ފިޔަވަޅުތައް ޕްރިމިއާ ލީގުގައި އެޅި ނަމަވެސް ވެކްސިނާއެކު އެ ހަރުކަށިކަން އޮތީ ވަރަށް ބޮޑަށް ދޫކޮށްލައިފައެވެ.
ކޮވިޑް 19ގެ އާ ވޭރިއަންޓާއެކު ޔޫރަޕްގެ ގައުމުތަކުން ވަނީ އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ސީޒަންގެ ކުރީކޮޅުގައި އެޅި ފިޔަވަޅުތައް އަލުން އަޅަން ލީގުތަކުންވެސް ނިންމާފައިވާ އިރު، ގައިދުރުކަމާއި، މާސްކްގެ ކަންކަންވެސް ވަނީ އަލުން ހަރުކަށި ކޮށްފައެވެ.
ޕްރިމިއާ ލީގުގައި ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މި ހަފުތާ ޓޮޓެންހަމްއިން ބްރައިޓަންއާ ދެކޮޅަށް ކުޅެން އޮތް މެޗުވެސް ފަސްކުރަން ލީގުން ނިންމާފައި ވަނީ ޓޮޓެންހަމްގެ އަށް ކުޅުންތެރިންނާއެކު ފަސް އޮފިޝަލަކު ޕޮޒިޓިވް ވުމުންނެވެ. އޭގެ އިތުރުން ލެސްޓާއިން ރޭ އިޓަލީގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗަށްވެސް ލެސްޓާގެ ބައެއް ކުޅުންތެރިން ދަތުރު ކޮށްފައެއް ނުވެއެވެ.
ހަރުކަށި އުސޫލުތަކާއެކު އިންޑޯ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އަޅަން މަޖުބޫރުވާ އިރު، ކުޅުންތެރިންގެ ތެރަޕީ ސެޝަންތައް 15 މިނެޓަށް ކުޑަކުރުން ހިމެނެއެވެ. އޭގެ އިތުރުން ކުޅުންތެރިންނާ ކޮންޓެކްޓްވާއިރު، މެޑިކަލް ހުރިހާ މުއައްޒަފުންވެސް ޕީޕީއީ ކިޓްގައި ތިބުން ހިމެނެއެވެ.
ޕްރިމިއާ ލީގުން ފިޔަވަޅުތައް ހަރުދަނާ ކުރި ނަމަވެސް ވެކްސިން ފުރިހަމަ ކޮށްފައިވާ ނިސްބަތަށް ބަލައި، ބައެއް ކްލަބުތަކަށް ލުއިތައް ލިބޭނެއެވެ. އެއީ ކޮން ކްލަބުތަކަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު