ކުރިއަށް އޮތް ކްރިސްޓްމަސް އާއި އާ އަހަރާ ދިމާކޮށް ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް 188 ޕްރައިވެޓް ޖެޓު ޖައްސަން ޝެޑިއުލްކޮށްފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ މޯލްޑިވިއަން އިން ބުނެފިއެވެ.
މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް, އެތަނަށް މުޅީންހެންވެސް ޖައްސަނީ ޕްރައިވެޓް ޖެޓެވެ. އެއީ އެ ރިސޯޓް ކައިރީގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހުރުމުންނެވެ.
މޯލްޑިވިއަން އެއާޕޯޓްސްގެ ޖެނެރަލް މެނޭޖަރު މުމްތާޒު އަލީ މިއަދު "ވަން" އަށް ވިދާޅުވީ, މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ދެމެދު މާފަރަށް 188 ޕްރައިވެޓް ޖެޓް މޫވްމަންޓްސް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި ޖާގަ ނެތިގެން އިތުރު 15 ޖެޓެއް ވެއިޓިންގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ޕްރައިވެޓް ޖެޓުތައް އާންމުކޮށް މިހިރީ ރަޝިޔާ, މިޑްލް އީސްޓް އަދި ޔޫރަޕުން. ފެސްޓިވް ސީޒަނާ ދިމާކޮށް އަދި އިތުރު ޖެޓް މޫވްމަންޓްސް އަންނާނެ ކަމަށް މި ބަލަނީ," މުމްތާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ދުނިޔެއިން މިފަހުން ފެނުނު ކޮވިޑް-19ގެ އާ ވޭރިއަންޓް, އޮމިކްރޯންގެ ސަބަބުން މާފަރަށް ޖައްސަން ޝެޑިއުލްކޮށްފައިވާ އެއްވެސް ޖެޓެއް ކެންސަލް ކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ދެކުނު އެފްރިކާގެ މީހުން ރާއްޖެ އައުން މަނާކުރުމުން ސީދާ މާފަރަށް އެއާޕޯޓަށް ޖައްސަން އޮތް އެއާ ސީޝެލްސްގެ ޗާޓަރު ފްލައިޓެއް ކެންސަލްވި ކަމަށާއި އެ ފްލައިޓުން 300 ޓޫރިސްޓުން އަންނަން އޮތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު