ރާއްޖޭގެ އެއްވެސް ހިސާބެއްގައި މުއްދަތު ހަމަވެފައިވާ ވެކްސިނެއް ބޭނުން ނުކުރާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ނަޒްލާ މިހެން ވިދާޅުވީ އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި މުއްދަތު ހަމަވެފައިވާ ވެކްސިން ބޭނުން ކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދާތީ އެވެ.
ޑރ. ނަޒްލާ މިއަދު ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް އެއްވެސް ރަށެއްގައި ބޭނުން ނުކުރާނެ ކަމަށާއި ފައިޒާ ވެކްސިންގައި ޖަހާފައިވާ މުއްދަތު ހަމަވާ ތާރީހު މިހާރު ތިން މަހަށް އިތުރުކޮށްފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންގާފައިވާ ކަމަށެވެ.
މިހާރު ރާއްޖޭގައި ބޫސްޓާ ޑޯޒް 50 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނައިރު މިމަހުގެ ތެރޭގައި އާންމުންނަށް ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ބޫސްޓަ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަނީ ފައިޒާ ވެކްސިނެވެ.
މިހާރު ރާއްޖޭގައި ބޭނުން ކުރަމުން އަންނަނީ މިދިޔަ އޮގަސްޓުމަހު އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު