ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައެޅުއްވުމާ ގުޅިގެން އަންނަ އަހަރުގެ ދެ އީދަށް ބޮޑު ޗުއްޓީއެއް ލިބޭ ގޮތް ވެއްޖެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އަންނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ހަތަރު ދުވަހެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން، މެއި ދޭއް ވަނީ ފިތުރު އީދު ދުވަހަށެވެ. އެހެންކަމުން މެއި ފަހެއް ބަންދު ކުރުމާއެކު، އޭޕްރީލް 29 އިން ފެށިގެން މެއި ހަތަކާ ހަމަށް ސަރުކާރު ބަންދުވެ، ކުޑަ އީދަށް ނުވަ ދުވަހުގެ ބަންދެއް ލިބޭނެއެވެ.
ބަންދު ދުވަސްތަކާއެކު ބޮޑު އީދަށް ވެސް ނުވަ ދުވަހުގެ ޗުއްޓީއެއް ލިބެއެވެ. އަންނަ އަހަރުގެ ޖުލައި އަށެއް ދިމާވަނީ ހައްޖު ދުވަހަށެވެ. އެދުވަހަކީ ހުކުރު ދުވަހަކަށް ވެފައި، ބޮޑު އީދު ބަންދުގެ ފަސް ދުވަސް ނިމެނީ ޖުލައި 12 (ޖެހިގެން އަންނަ ހަފުތާގެ އަންގާރަ ދުވަސް) އަށެވެ.
ނަމަވެސް ރައީސް ސޯލިހު އިތުރުކުރެއްވި ބަންދު ދުވަސްތަކާއެކު ޖުލައި 13 (ބުދަ) އަދި 14 (ބުރާސްފަތި) ވެސް ސަރުކާރު ބަންދުވާނެއެވެ.
- 5 މޭ 2022 (ބުރާސްފަތި)
- 13 ޖުލައި 2022 (ބުދަ)
- 14 ޖުލައި 2022 (ބުރާސްފަތި)
- 28 ޖުލައި 2022 (ބުރާސްފަތި)
އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކުރިން ވަނީ 19 ދުވަހެވެ. ނަމަވެސް ސަރުކާރު ބަންދު ދުވަސްތައް ކަމަށް ރައީސް ކަނޑައެޅުއްވި އިތުރު ހަތަރު ދުވަހާއެކު، އަންނަ އަހަރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި 23 ދުވަސް މިހާރު ލިބޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު