މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ މަހު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާ އިރު, މިދިޔަ މަހު 144,725 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިއަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާ އިރު 1.9 ޕަސެންޓުގެ އިތުރުވުމެކެވެ. އެ މަހު 142,065 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
- ޖެނުއަރީ - 92،103 ފަތުރުވެރިން
- ފެބްރުއަރީ - 96،882 ފަތުރުވެރިން
- މާޗު - 109،585 ފަތުރުވެރިން
- އޭޕްރީލް -91،200 ފަތުރުވެރިން
- މެއި - 64،615 ފަތުރުވެރިން
- ޖޫން - 56،166 ފަތުރުވެރިން
- ޖުލައި - 101،818 ފަތުރުވެރިން
- އޮގަސްޓު - 143،599 ފަތުރުވެރިން
- ސެޕްޓެމްބަރު - 144،896 ފަތުރުވެރިން
- އޮކްޓޯބަރު - 142،066 ފަތުރުވެރިން
- ނޮވެމްބަރު - 144،725 ފަތުރުވެެރިން
އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން, މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 4,824 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުވެސް, 5,987 ފަތުރުވެރިން އައެވެ.
- އިންޑިއާ: 29,708 ފަތުރުވެރިން
- ރަޝިޔާ: 15,937 ފަތުރުވެރިން
- ޔޫކޭ: 15,117 ފަތުރުވެރިން
- ޖަރުމަން: 13,705 ފަތުރުވެރިން
- އެމެރިކާ: 7,592 ފަތުރުވެރިން
ޚަބަރު
ޚަބަރު
ޚަބަރު