އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމުގެ މަގާމުން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފު ަނތިމިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭސީސީސީގެ އޮފިޝަލަކު ވަން އޮންލައިންއަށް މިއަދު ވިދާޅުވީ، އެ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށް އަލީ އަޝްރަފް ވިދާޅުވި ކަމަށެވެ.
"ނަމަވެސް އޮފިޝަލު އިސްތިއުފާގެ ސިޓީ ފޮނުއްވާނީ ރައީސް އޮފީހަށް،" އޮފިޝަލު ވިދާޅުވިއެވެ.
އަލީ އަޝްރަފް އޭސީސީގެ މެންބަރުންގެ އިސްތިއުފާ ދެއްވާފައި މިވަނީ، އެ ކޮމިޝަންގެ މަސައްކަތް ލަސް ކަމަށްބުނެ ރައްޔިތުންގެ މަޖިލީހުން ނިންމައިގެން އެތަނުގެ ޕާފޯމަންސް އޮޑިޓެއް ކޮށް އޭނާ މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ގުޅޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އޭސީސީގެ ގާނޫނު ބުނާ ގޮތުން އޭސީސީގެ މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހަޅާން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެންބަރަކު ކޮމިޝަނުގެ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް ބުނެފައިވެއެވެ.