ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ 8 ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ނޭމާގެ ފަޔަށް އެންމެފަހުން އަނިޔާޗވީ މިދިޔަ ހަފުތާގައި ސެއިންޓް އެޓިއޭންއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު މެޗުގައެވެ.
އެ މެޗުގެ 87 ވަނަ މިނެޓުގައި ސެއިންޓް އެޓިއޭންގެ ޑިފެންޑަރަކު ކުރި ފައުލަކުން ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އަށް ވަނީ ނުރައްކާތެރި އަނިޔާއެއް ލިބިފައެވެ. ޓެކުލުގައި ސީދާ އަނިޔާ ނުވި ނަމަވެސް އެ ޓެކުލުން ސަލާމަތް ވެ ނޭމާ ފައި ބިންމަތީގައި ބޭންދުނީ ގޯސް ޕޮސިޝަނެއްގައެވެ. ކުޑަހުޅަށް އަނިޔާ ވެ ނޭމާ އަށިގަނޑުގައި ދަނޑުން ބާލަން ޖެހުނު އިރު، ނޭމާ ދަނޑުން ފޭބީ ރޮމުންނެވެ.
ޕީއެސްޖީން ބުނެފައިވާ ގޮތުގައި އުމުރުން 29 އަހަރުގެ ނޭމާ ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ސާޖަރީއަކަށް ދާ ވަރަށް ލިގަމެންޓަށް އަނިޔާވެފައި ނުވާ ނަމަވެސް ޕީއެސްޖީން ބުނީ އަނިޔާއިން ރަނގަޅު ވުމަށް 8 ހަފުތާވަރު ނަގާނެ ކަމަށެވެ. އަދި ނޭމާގެ އަނިޔާއާ ގުޅޭ އިތުރު ބައެއް މައުލޫމާތު ކުރިއަށް އޮތް 72 ގަޑި އިރު ތެރޭ ހާމަކުރާނެ ކަމަށްވެސް ޕީއެސްޖީން ބުނެފައިވެއެވެ.
އާންމުކޮށް ކުޑަހުޅުގެ އަނިޔާތައް ގިނަ ކުޅުންތެރިއެއްގެ ގޮތުގައި ނޭމާ ފާހަގަކޮށްލެވެއެވެ. މީގެ ދެ ސީޒަން ކުރިންވެސް ނޭމާގެ ކުޑަ ހުޅަށް އަނިޔާ ވެ އޭނާއަށް ވަނީ ގައުމީ ޓީމާއި ޕީއެސްޖީގެ މުހިންމު މެޗުތަކެއް ގެއްލިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު