ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ، މި އަހަރުގެ ފަހު ޖަލްސާ ކަމަށާއި، އެހެންކަމުން މިރޭ މެންދަމާ ހަމަޔަށް ޖަލްސާ ދެމިގެން ދިޔަޔަސް މިއަދުގެ މަސައްކަތްތައް ނިންމައިވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާއަށް ވަރަށް ގިނަ މަސައްކަތްތައް އެޖެންޑާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު، އާއިޝަތު ނަހުލާއާ ސުވާލު ކުރެއްވުމަށް އެޖެންޑާ ކުރުމުގެ އިތުރުން ކޮމެޓީން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި 18 ކަމެއް ވަނީ އެޖެންޑާ ކޮށްފައެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކޮމެޓީ ރިޕޯޓުގެ ގޮތުގައި، ކިތަންމެ މައްސަލަ އަކާއި ކިތަންމެ ބިލަކާއި، ކިތަންމެ ގަރާރެއް ހިމެނޭ ކަމަށެވެ. އަދި އެ ރިޕޯޓުތަކަށް މެންބަރުން ހުށަހަޅުއްވާފައިވާ އިސްލާހުތައްވެސް ހިމެނޭ ކަމަށާއި، މިއަދުގެ ޖަލްސާގައި އަހަން ޖެހޭ ވޯޓުގެ އަދަދުވެސް ގިނަވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް