ގިނަ ސްކޫލުތަކަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނުކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާނުކޮށްފައެވެ. އެޑިޔުކޭޝަންގެ އިއުލާނުގައިވާ ގޮތުން ޕްރިންސިޕަލުންގެ މަގާމަށް ކުރިމަތިލާން ބޭނުން ފަރާތްތަކުން އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އަށް މެއިލް ކުރަން ޖެހޭނެއެވެ.
- ހއ. ފިއްލަދޫ ސްކޫލް
- ށ. ގޮއިދޫ ސްކޫލް
- ހއ. ވަށަފަރު ސްކޫލް
- ހއ. ބާރަށު ސްކޫލް
- ހދ. ހިރިމަރަދޫ ސްކޫލް
- ހދ. އަތޮޅު ތައުލީމީ މަރުކަޒު
- ރ. ފައިނު ސްކޫލް
- ގއ. ކޮނޑޭ ސްކޫލް
- ވާދޫ ޖަމާލުއްދީން ސްކޫލް
- ހދ. ނޭކުރެންދޫ ސްކޫލް
- ނ. މަގޫދޫ ސްކޫލް
- މ. އަތޮޅު ތައުލީމީ މަރުކަޒު
ޕްރިންސިޕަލްގެ މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ހާސިލު ކޮށްފައިވާ ތައުލީމާއި ތަމްރީނަށާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ގާބިލުކަން ކަށަވަރުކުރުމަށް ބާއްވާ އިންޓަވިއުގައި ހޯދާ މާކްސް އަށް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު