ދަރިވަރުންތަކެއް ކައިރީގައި ދީނާ ހިލާފު ވާހަކަތަކެއް ދެއްކި ސ. އަތޮޅު މަދަރުސާގެ ޓީޗަރު މަސްއޫލިއްޔަތު ތަކުން ދުރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ސ. އަތޮޅު މަދަރުސާގެ ގްރޭޑް 8 ގައި ކިޔަވައިދޭ އިންޑިއާގެ ފިރިހެން ޓީޗަރަކު ވަނީ ކުލާހުގައި ކީރިތި ގުރުއާނަށް ފުރައްސާރަ ކޮށް، ދަރިވަރުންނަށް ލާދީނީ އެތައް ވާހަކައެއް ކިޔައިދީ، ކަލަކުވާ ކަމާ މެދު ސުވާލު އުފައްދައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ "ވަން" އަށް މިއަދު ވިދާޅުވީ ދަރިވަރުންނަށް ކިޔަވައިދިނުމާއި ދަރިވަރުންނާ ގުޅުން ހުރި އެއްވެސް ކަމެއްގައި އެ ޓީޗަރަށް ބައިވެރި ނުވެވޭ ގޮތަށް މަސައްކަތްތަކުން އެކަހެރި ކޮށްފައިވާ ކަމަށެވެ.
އަހުމަދު އަލީ ވިދާޅުވީ މި މައްސަލަ އެޑިއުކޭޝަނުން ބަލަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތް ބެލުމަށް ފަހު ސްކޫލުން މިނިސްޓްރީ އަށް ރިޕޯޓެއް ފޮނުވާނެ ކަމަށާއި، އެ މައްސަލައިގައި އިތުރަށް ފިޔަވަޅު އަޅާނީ އެ ރިޕޯޓަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ. އަދި މި ރިޕޯޓު ފޮނުވަން އަންގާފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ޓީޗަރާ މެދު އަޅާނެ އިތުރު ފިޔަވަޅަކާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.