ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މި ޕްރޮގްްރާމަކީ ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމަށް އެޗްޑީސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
އެޗްޑީސީން ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މި ޕްރޮގްރާމުގެ މަގުސަދަކީ ގާބިލު ޒުވާނުން އުފެއްދުމާއި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމެވެ. މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނޭ ކަމަށާއި މި މަހުގެ ނިޔަލަށް ސުންގަޑި ހަމަވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މި އަހަރުގެ ތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ތިން ދާއިރާއެކެވެ. އެއީ، ހެލްތު އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އަދި ސާވޭއިން ޓެކްނީޝަން ދާއިރާއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3ގެ ސަނަދެއް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓު މަހުއެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6,000 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ތަފާތު ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރުމަށާއި ވަޒީފާގެ މާހައުލަށް ގާބިލު ޒުވާނުން އުފެއްދުމަށް އެ ކޯޕަރޭޝަނުން އަބަދު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް