ހަދީސް ހިތުދަސްކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިިނިސްޓްރީން އިއްޔެ ބުނީ އިމާމް އައްނަބަވީގެ 40 ހަދީސް (الأربعون النووية) ހިތުދަސްކުރުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ހަ އަހަރުން މަތީގެ ކުދިންނަށް ހާއްސަކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގުރާމު ކުރިޔަށްގެންދަނީ ދެ މަސް ދުވަހަށެެވެ. ހަދީސް ހިތުދަސްކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވެވޭނީ މި މަހުގެ ނިޔަލަށެވެ. ރަޖިސްޓްރީ ވުމަށް ކިއުއާރް (QR) ކޯޑު ސްކޭން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުންވެސް https://forms.office.com/Pages/ResponsePage.aspx id=sqDpq4twz0yUxSL_0SUEZ-dPRjTis-lMoXJ65gNTxahUMzBWNkxGR1hQV1lYV04yTFRRSUdPWFlPNy4u&origin=QRCode ލިންކު މެދުވެރިކޮށް ފޯމު ފުރިހަމަ ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ކޮމެންޓް