ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ ސުލޫކީ މައްސަލަ ސާބިތެއް ނުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، އެ ކޮމިޝަންގެ ގާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ.

އެއަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި، އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މައްޗަށް އެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދީފައި ވަނީ 2019 ނޮވެންބަރު 26 ވަނަ ދުވަހު ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.