ކަތިވަޅިއާއި ފުރޯ ހިފައިގެން މަގުމަތީގައި ދުވާތަން އަދިވެސް ފެންނަ ކަމަށާއި ނަމަވެސް ފާއިތުވެދިޔަ ތިން އަހަރުތެރޭ ގްރޫޕު މާރާމާރީއެއްގައި މީހަކު މަރާލާފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ، އެކި ކަހަލަ ކުށްތައް ކުރާ މީހުން ރާއްޖޭގައި އުޅޭ ކަމަށާއި ކުށްކުރުން މަދުކުރުމަށް ފުލުހުން ހާއްސަ ހަރަކާތްތަކެއް ހިންގާ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ހޯދައިގަނެވޭލެއް އަވަސް ކަމަށެވެ.
ހަމީދު ވިދާޅުވީ، ތޫނު ހަތިޔާރު ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައްޔާއި އަދި އަތޮޅުތެރޭގައިވެސް "ގޭންގު" ތަކުން ހަރަކާތްތެރިވާ ކަމަށާއި އެކަން އެގޮތަށް ވަނީ ނިޒާމުގެ ތެރެއިން އެކަން އެގޮތަށް ކުރުމަށް ކޮންމެވެސް ފުރުސަތުތަކެއް އޮތުމުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އަދިވެސް ފެނޭ ކަތިވަޅިތައް ހިފައިގެން ފުރޯ ހިފައިގެން، މަރުތެޔޮ ހިފައިގެން މަގުތަކުގައި ދުވާތަން" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ، ގްރޫޕު މާރާމާރީތައް ކަންބޮޑުވާ މިންވަރަކަށް ހިންގާ ކަމަށާއި އެކަމާ މެދު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. އަދި ގްރޫޕު މާރާމާރީއެއްގައި މިދިޔަ ތިން އަހަރުގެ ތެރޭގައި މީހަކު މަރާލާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގްރޫޕު މާރާމާރީއެއްގައި މިދިޔަ ތިން އަހަރުގެ ތެރޭގައި މީހަކު މަރާލާފައި ނުވާކަމަށް ސީޕީ ހަމީދު ވިދާޅުވި ނަމަވެސް، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގއ. މާމެންދޫގައި ހިންގި ގްރޫޕު މާރާމާރީއެއްގައި ވަނީ ކުއްޖަކު މަރާލައިފައެވެ. އެ މާރާމާރީގައި މަރާލައިފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު