މާލޭ މަގުމަތީން ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި ރޭ 23:43 އެހާކަށްހާއިރު، މާލެއިން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިކަން ހިނގީ ކޮންތަނެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި މިއީ މާލޭ މަޖީދީ މަގުގައި ހިނގާފައިވާ ކަމެކެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އަންނަނީ މިހާރު ތަހުގީގު ކުރަމުން ކަމަށެވެ.
މި ފަހަކަށް އައިސް ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރިޕޯޓު ކުރުން އިތުރު ވެފައިވާއިރު، މީގެ އެއް ދުވަސް ކުރިންވެސް މެދު އުތުރު ހިމެނޭ ރަށެއްގައި ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީހުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު