އެޑިއުކޭޝަން މިނިސްޓްރީގެ 169 މަޝްރޫއުއެއް ރާއްޖޭގެ އެކި ރަށްރަށުގައި މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލު ވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަމުގެ އޮޑިޓް ހެދި، އެންމެ ބޮޑަށް އެހީ ބޭނުންވާ ސްކޫލުތަކުގެ ގޮތުގައި 55 ސްކޫލެއް ފާހަގަކުރެވިފައިވާ ކަމަށާއި އެ ސްކޫލުތަކަށް އެހީވުމަށް ބަޖެޓުގައި ހިމަނައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"މި 55 ސްކޫލަށްވެސް އެކެޑެމިކަލީގެ އިތުރުން އުމްރާނީ ތަރައްގީ ގެނެސްދިނުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް އެބަ ކުރެވޭ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާއާ ގުޅޭ 169 މަޝްރޫއެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
"މިހާރުން މިހާރަށްވެސް ކުރިއަށް އެބަދޭ އެޑިއުކޭޝަން މިނިސްޓްރީގެ 169 ޕްރޮޖެކްޓެއް. މީގެ ތެރޭގައި ހިމެނޭ 1068 ކްލާސްރޫމް ބިނާކުރުން 66 މަލްޓި ޕާޕަސް ހޯލް ބިނާކުރުން އަދި 255 އެހެނިހެން އިމާރާތްތައް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދަރިވަރުންނަށް ފަސޭހައިން ކިޔަވައިދިނުމަށް ޓަކައި ސެޓްލައިޓް ސްކޫލުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސެޓްލައިޓް ސްކޫލުތަކުގެ މައިހަބް ގާއިމްކުރާނީ ހުޅުމާލޭ ހުރަވީ ސްކޫލުގައި ކަމަށެވެ
ޚަބަރު
ޚަބަރު
ޚަބަރު