ޓްރާންސްޕޯޓް އޮތޯރިޓީގެ ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ނުކުރާން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުން ކުރުމަށް ޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާތިލުކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑު ކުރުމުގެ މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ފަސް މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ.
އެ މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވީ، ޓްރާންސްޕޯޓުގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއާއި ހަމަދު އަބްދުލްގަނީގެ އިތުރުން އަލީ އިކްރާމާއި މުހައްމަދު ނިޒާރު އާދަމާއި މަރްޔަމް ސަމާހަތު އަދި މަރްޔަމް ތަސްލީމާގެ މައްޗަށެވެ.
ޕީޖީ އޮފީހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، އޭސީސީން ޕީޖީ އޮފީހަށް ފޮނުވި އަށް މައްސަލައިގެ ތެރެއިން މިހާރު އެ އޮފީހުގައި އޮތީ ތިން މައްސަލައެއް ކަމަށެވެ.
އޭގެ ތެރެއިން ޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަންގެ މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުގައި މީހެއްގެ މައްޗަށް ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އޭސީސީއަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު