ކުރީ ސަރުކާރުން ވެލާނާ އިންޓަނޭޝަން އެއާޕޯޓު (ވީއައިއޭ)ގައި ތަރައްގީކުރި އާ ރަންވޭ ހުޅުވޭވަރު ވާނީ އަންނަ އަހަރުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އާ ރަންވޭ ނުހުޅުވި ލަަސްވުމުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވަމުންދާ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ އާ ރަންވޭ ބޭނުން ކުރުން ނުފެށި ލަސްވެގެން ދަނީ ކޮވިޑް-19 އާ ގުޅިގެން މަސައްކަތް ލަސްވެގެން ގޮސްފައިވާތީ ކަމަށެވެ. އެއީ އާ ރަންވޭގައި ކައިރީގައި ހުރި އިމާރަތްތައް ތަޅާލައި ނުނެގި ލަސްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅު އާ ރަންވޭ ބޭނުންކުރަން ފެށޭވަރު ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ ހުރެއެވެ. ރަންވޭއަށް ފުރަތަމަ ޓެސްޓު ފްލައިޓު ޖެއްސީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އޭގެ ފަހުން ތިން އަހަރު ވެގެން ދިޔައިރު ވެސް އާ ރަންވޭ ބޭނުން ކުރަން ފަށައިފައެއް ނުވެއެވެ.
ވީއައިއޭގައި އެންމެ ރަންވޭއެއް އޮތުމުން، ފްލައިޓުތައް ޖައްސަން ޖާގައެއް ނުލިބި، އެތައް ގަޑިއިރެއް ވަންދެން ފްލައިޓުތައް ވައިގެ ތެރޭގައި ދުއްވަން ޖެހެއެވެ. އެހެން ދިމާވުމުން އެއާލައިންތަކުން ތެލަށް ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް އިތުރުވެގެން ދެއެވެ. އަދި ރާއްޖޭގެ ޓޫރިސްޓް އެރައިވަލްގެ އަދަދު މަތިވަމުންދާ އިރު، އެންމެ ރަންވޭއެއް އޮތުމުގެ ސަބަބުން ޓޫރިސްޓުންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭތީ އެކަމުގެ ކަންބޮޑުވުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި މިހާރުގެ ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ފާޅުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު