ޚަބަރު

215 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި 2 މީހުން ޝަރީއަތް ނިމެންދެން ބަންދު

ރާއްޖެއަށް ކަނޑުމަގުން 215 ކިލޯގެ ޑުރަގް އެތެރެކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

އެ ދެމީހުން އަތުލައިގަތީ ހުސްވި އޮކްޓުބަރު ކަމުގެ 15 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ޑުރަގު އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑުރަގު އިންޓެލިޖެންސް ޔުނިޓާއި މެރިން ޕޮލިހާއި ރ. އަތޮޅު ފުލުހުންނާއި ފޮރެސިކް ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އެ އޮޕަރޭޝަންގައި ޑްރަގު ހޯދާފައި ވަނި ރ. ރާނބުގަލީގައި ހުރި ކަށިކެޔޮގަހެއްގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި، ފިނިފަރު، އަލީ ޝާކިރު (42އ) އާއި ރ. މަޑުއްވަރި، ފެހިއަލި، ނިމާލް އަބްދުލްހާރިސް (33އ) އެވެ.

ފުލުހުން ބުނީ، އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ރާއްޖޭގެ ބައެއް ފަޅުރަށްރަށާއި ލޯންޗެއް ވެސް ވަނީ ފާސްކޮށްފަ އެވެ.