ޚަބަރު

ގެއެއްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވައްކަން ކުރި މައްސަލައެއްގައި ދެމީހަކު ހޯދަނީ

އައިޝަތު ނިއުޝާ

ގެއެއްގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވައްކަންކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ، އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ދެމީހުންނަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި، ހެންވޭރުގެ ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ ދެ މީހުން ކަމަށެވެ.

އެހެންކަމުން އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު 501639 ވިދާޅުވެ، މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.

ގެއެއްގެ ކުޑަދޮރެއް ހަލާކުކޮށްލައި ވަދެ ވައްކަން ކުރި މައްސަލައެއްގައި ދެ މީހަކު ހޯދަން ފުލުހުން އިއުލާނުކޮށް، މިއަދު ކުރި ޓުވީޓު ---