އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ރޭ ފަތިހު ކުއްޖަކު މަރުވީ ކޮނޑު ތާށިވުމުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އާއިލާއިން ވަނީ ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅިގެން އޭއީއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުމުގެ ސަބަބުން ދިމާވި މައްސަލަތަކާ ގުޅިގެން ކަމަށެވެ.
މިއީ މަދުން ނަމަވެސް ދިމާވާ މައްސަލަތަކެއް ކަމަށާއި ނަމަވެސް މި ކުއްޖާ ވިހެއުމުގެ ތެރޭގައި ދިމާވި ކަންކަމުގައި ވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި ނަަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅު ކުރަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ރާއްޖޭގައި މަދުން ނަމަވެސް މިފަދަ ހާދިސާތަކުގައި ވިހެމުގެ ތެރޭގައި ކުދިން މަރުވެ އެވެ.